ބޮލީވުޑްގެ މަޝްހޫރު ފިލުމީތަރި ސައިފް އަލީ ޚާންގެ ފިލްމް "ހަންޓާ" މިއަހަރުގެ ސެޕްޓެމްބަރު މަހުގައި ރިލީޒް ކުރާ ގޮތަށް ނިންމައިފިއެވެ.

"ހަންޓާ" އަކީ ވޯކިން ޓައިޓަލް އެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމެކެވެ. އެ ފިލްމުގެ ޝޫޓިންތައް ވެސް މިހާރުވަނީ ނިންމާލާފައެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެ ފިލްމު ރިލީޒްކުރުމުގެ ކުރިން އެފިލްމުގެ ނަން ބަދަލުކުރާނެއެވެ. 

"ހަންޓާ" އަކީ މިދިޔަ އަހަރު "ޒީރޯ" ގެނެސް ދިން ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ކުންފުނި ކަލަ ޔެލޯ ޕްރޮޑަކްޝަނުން ހަދާފައިވާ ފިލްމެކެވެ. ސައިފް ވަރަށް ތަފާތު ކެރެކްޓާއަކުން ފެނިގެންދާ "ހަންޓާ" ގެ ޑައިރެކްޓަރަކީ އަނުޝްކާ ޝަރުމާގެ "އެންއެޗް10" ހެދި ނަވްދީޕް ސިންގެވެ.

ސައިފާއި އެކު ފިލްމުން ފެންނާނެ އިތުރު ކާސްޓުންގެ ތެރޭގައި މަނާވް ވިޖް އާއި ޒޯޔާ ހުސައިން ހިމެނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *