ވަރުގަދަ ބާސެލޯނާ ބަލިކޮށް، ލިވަޕޫލުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ފުރަތަމަ ލެގު ބާސެލޯނާއިން 3-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި އޮތް ނަމަވެސް، ލިވަޕޫލްގެ އަމިއްލަ ދަނޑު އެންފީލްޑްގައި ލިވަޕޫލުން ވަނީ ހަތަރު ގޯލް ޖަހާ،4-0އިން މެޗު ކާމިޔާބު ކޮށްފައެވެ.
ލިވަޕޫލްގެ ލަނޑުތައް ޖަހާފައިވަނީ އޮރިގީ އަދި ވިޖްބަލްޑަން އެވެ. އެއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
ލިވަޕޫލުން ޗެމްޕިއަންސްލީގުގެ ފައިނަލަށް ދަތުރުކޮށްފައި މިވަނީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ނެވެ. ލިވަރޕޫލު މިރޭގެ މެޗަށް ނިކުމެފައިވަނީ އެ ޓީމުގެ މުހިންމު ކުޅުންތެރިންކަމަށްވާ ސަލާހު އަދި ފާމީނިއޯ ނުލައެވެ.
މިދިޔަ ސީޒަންގައިވެސް ލިވަރޕޫލުންވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައެވެ. ނަމަވެސް ވާދަވެރި ރިއަލްމެޑްރިޑުން ވަނީ ލިވަރޕޫލް ބަލިކޮށްފައެވެ.
ފައިނަލުގައި ލިވަޕޫލް ބައްދަލުކުރަން ޖެހޭނީ ޓޮޓެންހަމް ނުވަތަ އަޔެކްސް އާއެވެ. ޓޮޓެންހަމްއާއި އަޔެކްސް ބައްދަލު ކުރާ މެޗް ކުޅޭނީ ބުދަ ދުވަހުގެ ރޭ 00:00 ގައެވެ. ފުރަތަމަ ލެގުގައި އަޔެކްސްއިން ވަނީ ޓޮޓެނަހަމްގެ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.