މާލޭގައި ހުންނަ ހޮޓަލެއް ކަމަށްވާ މޫކައި ސޫޓްސްގެ ހަވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 21:48 ހާއިރު ކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން ދާ ކަމަށާއި އަދި މިހާރު އެ ގެސްޓް ހައުސްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ކަމަށެވެ.
އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، އެ ފަންގިފިލާާއިން ވަރަށް ބޮޑަށް ދުން އަރަމުން ދާތީ ދުން ބޭރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަކަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ނުލިބޭ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މޫކައި ސޫޓްސްގައި އަލިފާން ރޯވީ، ގްރައުންޑް ފްލޯގައި ހުރި ކޭބަލް ތަކެއްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، ހުރިހާ ފްލޯއަކަށްވެސް އެކަމުގެ އަސަރުކޮށްފައިވާ ކަމަށާއި އެގޮތުން ހުރިހާ ފްލޯއެއްގެ ލައިޓުތަކުން ދުން އަރަމުން އަންނަ ކަމަށެވެ.