ޚަބަރު
މޭ ޑޭ ރެލީ މިއަހަރުވެސް ބާއްވަނީ

ބައިނަލްއަގުވާމީ މަސައްކަތްތެރިގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަ ކުރާ މެއި 1 ގައި މިއަހަރުވެސް ރާއްޖޭގައި ރެލީ އެއް ބާއްވަން ނިންމައިފި އެވެ.

މޭ ޑޭ ރެލީ އަކީ ރާއްޖޭގައި އާންމުކޮށް ކޮންމެ އަހަރަކުވެސް ބާއްވާ ރެލީ އެކެވެ. މި ރެލީ ގެ މަގުސަދަކީ މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ކަމާ ބެހޭ މުއައްސަސާތަކަށް އިއްވުމެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރެލީވެސް އޮންނަނީ ވެރިރަށް މާލޭގަ އެވެ.

މޭ ޑޭ ރެލީ އަކީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން އިންތިޒާމުކުރާ ރެލީ އެކެވެ. މި ރެލީ ގައި ރާއްޖޭގައި ހިންގަމުން އަންނަ ހަ ޔޫނިއަންއަކުން މިފަހަރު ބައިވެރިވާނެކަމަށް މައުލޫމާތު ލިބެ އެވެ.

މިއަހަރުގެ މޭ ޑޭ ރެލީގެ މައިގަނޑު ޑިމާންޑަކީ މިއަހަރު ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނު ފުރިހަމައަށް ތަންފީޒް ކުރުމެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ތަސްދީގުކޮށްފައިވަނީ ޖެނުއަރީ 2 ގަ އެވެ. މި ބިލުގައި ގާނޫނުއަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކުރިއަރުވައި އެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top