ލ ފޮނަދޫއިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު ކަމަށް ބުނާ، 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒާއި އެކު ދެން އެ ޑިންގީއިން ދަތުރުކުރި އިބްރާހިމް ފަޒީލް، މީހަކު ރަހީނުކުކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ފުލުހުންވެސް ވަނީ މި މަހުގެ ދެވަނަ ދުވަހު ލ. ގަމުގައި އުމުރުން ދުވަސްވީ މީހަކު ރަހީނުކޮށް އޭނާ އަތުން ފައިސާ ހޯދަން އުޅުނު މައްސަލައެއްގައި ފަޒީލް ހައްޔަރުކޮށްފައިވާ ކަން ކަށަވަރުކޮށްދެއްވާފައެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ފުލުހުން ފަޒީލް ހައްޔަރު ކުރީ އޭނާ ފިލައިގެން އުޅެނިކޮށް ރޭ ހުޅުމާލެއިން ކަމަށާއި އެ މައްސަލައިގައި ފަޒީލްގެ އިތުރުން ވެސް އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފަޒީލް ހިމެނޭހެން ހައްޔަރުކުރި މީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ ކުރިން ވެސް، ފަޒީލް ހައްޔަރުކޮށްފައިވާ އިރު އެފަހަރު ފަޒީލް ހައްޔަރު ކުރީ ގެއްލިފައިވާ ޝިމާގެ، އަންހެން ކޮއްކޮއަކު ގޮވައިގެން ގްރޫޕަކާ އެކު ޑިންގީއެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށެވެ. ނަމަވެސް ފަހުން ފުލުހުން އޭނާ ދޫކޮށްލި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *