ހުޅުމާލޭގައި އިއްޔެ ހެނދުނު އެކްސިޑެންޓުވި އެމްޓީސީސީގެ ބަސް ދުއްވަން އިން ޑްރައިވަރުގެ ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.
ހުޅުމާލޭގައި އަލަށް ހަދާފައިވާ ލޯކަލް މާރުކޭޓުގެ ކަންމަތީގައި ހިނގި އެކްސިޑެންޓުގައި، މަގުމަތިން ދިޔަ ޔުކްރެއިން އަންހެނަކު ވަނީ މަރުވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެކްސިޑެންޓުގެ މައްސަލަ އިތުރަަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 6:37 ހާއިރު، ހުޅުމާލޭގެ ފިތުރޯނު މަގުން އެފްއެސްއެމް ފިއުލް ސަޕްލައި ސްޓޭޝަން ކައިރިންނެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބަސް ދުއްވަނިކޮށް އޭގެ ޑްރައިވަރަށް ނިދި، ދުއްވުމުގެ އަމާޒުން ކައްސާލައިގެން ގޮސް ކަމަށެވެ. އަދި މަރުވި ޔޫކްރެއިންގެ އަންހެން މީހާ އަކީ ހުޅުމާލޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެއް ކަމަށް މައުލޫމާތު ލިބެއެވެ. އެ އެކްސިޑެންޓް ހިނގި އިރު ފަސިްނޖަރުން ތިބި ނަމަވެސް އޭގެން އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާވެފައެއް ނުވެއެވެ.