މެއި މަހުގެ 9 ވަނަ ދުވަހަކީ (އަންނަ ބުރާސްފަތި ދުވަސް) ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓު ހުށައެޅުމަށް ފުރުސަތު ހުޅުވައިލައިފައިވާ އެންމެ ފަހު ތާރީޚް ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީއިން) ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކުގެ އޮޑިޓް ރިޕޯޓު ހުށައެޅުމުގެ ފުރުސަތު ދެވިފައިވާ އެންމެ ފަހު ވަގުތަކީ އަންނަ ބުރާސްފަތި ދުވަސާއި ހަމައަށް ކަަމަށެވެ.

"ސިޔާސީ ޕާޓީތަކުގެ ސަމާލުކަމަށް؛ މޭ މަހުގެ 9 ވަނަ ދުވަހަކީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓު ހުށައަޅަން ޖެހޭ އެންމެ ފަހު ތާރީޚް، މިއަދުގެ ނިޔަލަށް އޮޑިޓް ރިޕޯޓު ހުށައަޅައިފައިވަނީ 3 ޕާޓީ އަކުން."

އީސީއިން އިތުރަށް ބުނިގޮތުން މިއަދާ ޖެހެންދެން އަދި އޮޑިޓް ރިޕޯޓު ހުށައަޅައިފައިވަނީ ޖުމްލަ ތިން ޕާޓީއަކުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *