ހުޅުމާލޭގައި ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އިތުރު އޭޓީއެމް ތަކެއް ހުޅުވައިފިއެވެ.
މި އޭޓީއެމް ހުުޅުވާފައިވަނީ ހުޅުމާލޭ ރެނާޓަސް އިތާމުތް ފްލެޓްތަކުގެ ތިރީގައެވެ.
ބީއެމްއެލްއިން ބުނީ ހުޅުމާލޭގައި އަލަށް ހުޅުވުނު ސެލްފް ސާވިސް ބޭންކިންގް ސެންޓަރަކީ 24 ގަޑިއިރު ޚިދުމަތް ދޭނެ ތަނެއްކަމަށާއި އެ އެޓީއެމްތަކުން ޗެކާއި ފައިސާ ޖަމާކޮށް ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.
އަލަށް ހުޅުވުނު އޭޓީއެމްތައް ފިޔަވައި ދެން ހުޅުމާލޭގައި ސެލްފް ސާވިސް އޭޓީއެމެއް ހުންނާނީ ސެންޓްރަލް މޯލް ކުރިމަތީގައެވެ.
ބީއެމްއެލްއިން ވަނީ އެމީހުންގެ ހިދުމަތް ފުޅާކުރުމަށް ރާއްޖޭގެ ގިނަކަންކޮޅުތަކުގައި އެ ބޭންކުގެ އޭޓީއެމްތައް ޤާައިމްކޮށްފައެވެ.