ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އަށް ސަރުކާރުން ނުދީ ހިފެހެއްޓި 8 މިލިއަން ރުފިޔާ، އެ ޕާޓީއަށް ދޫކުރަން ފިނޭންސް މިނިސްޓްރީން އެމްއެމްއޭ އަށް ފޮނުވާފައި ވިއަސް އަދި އެ ފައިސާ ޖަމާނުވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ބުނީ، ފައިސާ ޖަމާކުރުމަށް އެމްއެމްއޭއަށް ފޮނުވާފައިވާ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން އެ ޕާޓީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އަދި، ނަމަވެސް ފައިސާ ޖަމާވި ކަމުގެ އެއްވެސް ލިޔުމެއް ލިބިފައި ނުވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ފަރާތުން ޕީޕީއެމަށް ދޭން ޖެހެނީ، 18 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ ފައިސާ ޕީޕީއެމްއަށް ދިނުން ލަސްވީ، އެ ފައިސާ އަކީ 2018 ވަނަ އަހަރުގެ ފައިސާ ކަމަށްވުމާއެކު ފައިސާ ދިނުމަށް މިއަހަރުގެ ބަޖެޓުގައި ހިމެނިފައި ނުވާތީއެވެ. އެފައިސާ އަކީ އިލެކްޝަންސް ކަމިޝަނުން ޕާޓީތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ދޫނުކޮށް މަޑުޖެއްސުމަށް އެންގި ފައިސާއެވެ.

މި ފައިސާ ދޫނުކޮށްގެން ޕީޕީއެމް ދަރަނިވެރިވެފައިވާ ކަމަށް ބުނެ، އެ ޕާޓީން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ބޮޑު ނާކާމިޔާބަކާއި ކުރިމަތިލާން ޖެހުނު ޕީޕީއެމް ވަނީ ދަރަނިވެރި ވެފައެވެ. އެގޮތުން ރިޔާސީ އިންތިޚާބުން ޕީޕީއެމުން ކޮށްފައިވާ ދަތުރުތަކަށް 3.8 މިލިއަން ރުފިޔާ ޚަރަދު ކުރިއިރު، އެފައިސާ ދެވޭނީ ޕާޓީއަށް އިލެކްޝަންސް ކަމިޝަނުން ދޭންޖެހޭ ފައިސާ ދޫކުރުމުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ކަނޑައަޅާ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭންޖެހެ އެވެ. ފިނޭންސުން ޕީޕީއެމްގެ ފައިސާ ދޫކޮށްފައިވާއިރު ޕީޕީއެމް ލީޑަރޝިޕާ މެދު ގާނޫނީ ސުވާލުތަކެއް އުފެދިފައި އޮތުމުން، އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕާޓީއަށް ދޭންޖެހޭ ފައިސާ މީގެ ކުރިން ހިފަހައްޓާފައެވެ. އަދި މިމައްސަލަ ނިންމިއިރު ސުޕްރީމް ކޯޓުން ވަނީ އެ ފައިސާ ޕީޕީއެމްއަށް ދޫކުރުމަށް ހުކުމް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *