ސިންގަޕޫރުގެ އެއާލައިން އާއި ގުޅިގެން ރާއްޖެ މާކެޓް ކުރަން މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި އެމްއެމްޕީއާރްސީން ސޮއިކޮށްފި އެވެ.

އެމްއެމްޕީއާރުސީއިން ހާމަކުރި ގޮތުގައި ސިންގަޕޫރު އެއާލައިނާކު ސޮއިކުރި އެމްއޯޔޫގެ ދަށުން ދެ ފަރާތް ގުޅިގެން މާކެޓިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. އެގޮތުން އެ ހަރަކާތްތަކުގެ ތެރޭގައި، ބޭރު މީޑިއާތައް ރާއްޖެ ގެނައުމާއި ބައެއް ގައުމުތަކުގައި ރާއްޖޭގެ ހާއްސަ މާކެޓިން ހަރަކާތް ތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށްވެސް އެ ފަރާތުން ހާމަކުރައްވައެވެ. މީގެ އިތުރުން މި ހަރަކާތް ހިިންގުމަށް ޖުމްލައެކު، 180,000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 2.7 މިލިއަން ރުފިޔާ) ހޭދަ ކުރާނެ އެވެ.

ސިންގަޕޫރު އެއާލައިންސްއަކީ 1984 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އުދުހުންތައް ބާއްވަމުން ގެންދާ އެއާލައިން އެކެވެ. 

ރާއްޖޭގެ މާކެޓިން ހަރަކާތްތައް ހިންގަން ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ އާއި ޗައިނާ އަދި ޖަޕާނުގެ އިތުރުން ސިންގަޕޫރު އަދި ދެކުނު ކޮރެއާ އާއި އެމެރިކާ ހިމެނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *