ރޯދަ މަހުގެ ފުރަތަމަ ދުވަހު އެކަނިވެސް ވައްކަމުގެ 8 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ބުނީ ހޯމަ ދުވަހުގެރޭ ދަންވަރުގެ ވަގުތުން ފެށިގެން އެދުވަހުގެ ހަވީރުގެ ވަގުތާއި ހަމައަށް މާލެއިން އެކަނި ވައްކަމުގެ 8 މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އޮފީހަކުން ވަގައްނެގި 3 ލައްކަ އަށްވުރެ ގިނަ ރުފިޔާގެ ބޮޑު ވައްކަމުގެ މައްސަލައެއް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން އިއްޔަ ރޯދަ ވީއްލި ވަގުތު ފޭރެން އުޅުނު މީހެއް ހިފަހައްޓާ މާރާމާރީ ހިންގައިގެން ފުލުހުނަށް މައްސަލަ ހުށަހަޅާފައިވެއެވެ.
އަދި އިއްޔެ ވަނީ ހުޅުމާލޭގައި ބޮޑު އެކްސިޑެންޓެއް ހިނގައި ފަތުރުވެރިޔަކުވެސް މަރުވެފައެވެ.