މިދިޔަ އާދިއްތަ ދުވަހު ނެރުން ގޭމް އޮފް ތްރޯންްސްގެ ސީޒަން 8ގެ  ހަތަރު ވަނަ އެޕިސޯޑުގައި ކޮފީ ތައްޓެއް ބަހައްޓައިފައި ހުރި މަންޒަރު ފެނި، ފޭނުންގެ ތެރޭގައި އެ ވާހަކަ ދެކެވެން ފަށައިފިއެވެ.

ކޮންމެ ޓީވީ ސިލްސިލާއެއްގައި ކޮފީ ތައްޓެއް ހުރިނަމަވެސް އެކަންތައް ބޮޑު ކަމަކަށް ނުވާނެއެވެ. ނަމަވެސް ގޭމް ތްރޯންސް، ކުރީ ޒަމާނުގެ ޚިޔާލީ ވާހަކައެއް ގޮތަށް ގެނެސްފައިވާ ސީރީސްއެއްގައި މިފަދަ މަންޒަރެއް ފެނުމުން ކޮންމެ މީހަކުވެސް ހައިރާން ވާނެއެވެ. 

މި ކޮފީތަށި ފެނިގެން ދިޔައީ ވިންޓަރފެލްގެ ބޮޑު ހޯލްގެ ތެރެއިންނެވެ. އިސްވެ ދިޔަ އެޕިސޯޑުން ގޭމް އޮފް ތްރޯންސްގެ ޚިޔާލީ ކެރެކްޓަރުންްނަށް ލިބުނު ކާމިޔާބީ ފާހަގަކުރަމުން ދަނިކޮށެވެ.

ގަދީމީ ދިރިއުޅުމުގެ ސްޓައިލެއް އަބަދުވެސް ދައްކަމުން އަންނަ ގޭމް އޮފް ތްރޯންސް އަކީ އެންމެ ކުރީއްސުރެ ސްކްރީންގައި ކުރީ ޒަމާނުގެ ގޮތްތަކުގައި ހިފައި، އެ ސްޓައިލް ބެލުން ތެރިންނާ ހަމައަށް ފޯރުކޮށްދެމުން އަންނަ ޖޯޖް އާރ.އާރ މާޓިން ގެ ޚިޔާލީ ސިލްސިލާއެކެވެ.

ނަމަވެސް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ބަލާ މި މަޝްހޫރު ސީރީސް ޢާންމުން ބެލުމަށް ދޫކޮށްލި އިރު މޭޒުމަތީގައި އިން "ސްޓާބަކްސް" ކޮފީ ތައްޓެއް ނަގަން ހަނދާން ނެތުމަކީ މަޖާކަމެކެވެ.

ގޭމް އޮފް ތްރޯންސް ސީޒަން 8 ގެ ކޮންމެ އެޕިސޯޑެއް ހެދުމަށްޓަކައި 15 މިލިއަން ޑޮލަރ ހޭދަވިކަމަށް ރިޕޯޓުތަކުން ބުނާއިރު އޮޅިގެން ނަމަވެސް "ގްރޭންޑް މޮކާ" ކޮފީ ތައްޓެއް ބަހައްޓައިފައި ހުރި މަންޒަރު ފެނުމުން ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތެވެ.

މުޅި މީސްމީޑިއާގައި އޮތީ މި ވާހަކައެވެ. މި ކަމާއި ގުޅިގެން މީހުން އަންނަނީ މީމްތައް ހަދައި ގޭމް އޮފް ތްރޯންސްއަށް މަލާމާތް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *