ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާންގެ ބޯޓެއް އަތުލައިގެންފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި، ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އިރާންގެ ބޯޓެއް އަތުލައިގެންފައިވާ ކަމަށެވެ. 

ފުލުހުން އިތުރަށް ވިދާޅުވީ، އެ ބޯޓަކީ ރާއްޖެ ހިމެނޭ ސަރަހައްދުގައި މަސްތުވާތަކެތި ފުޅާ ދާއިރާއެއްގައި ޓްރެފިކް ކުރާ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓް މާލެއަށް ގެނެސް، އެ ބޯޓް ބަލައި ފާސްކުރުމުގެ މަސަައްކަތް ކުރަމުންދާ ކަމަށެވެ. 

މިހާތަނަށް ބެލި ބެލުމުން ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، އެ ބޯޓުން 7 މީހަކު ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. 

ފުލުހުން ވިދާޅުވީ، ކޯސްޓްގާޑުން އެ ބޯޓް ހުއްޓުވީ ބ އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ދުރުން ކަމަށެވެ. އެ މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *