މާލޭގައި ޝަހީދު އަލީ ހިނގުމާއި ފުލޫނިޔާ މަގާ ގުޅޭ ކަންމަތީގައި މިރޭ މާރާމާރީއެއް ހިންގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ޝަހީދު އަލީ ހިނގުމާއި ފުލޫނިޔާ މަގާ ގުޅޭ ކަންމަތީގައި މިރޭ 19:00 ހާއިރު މާރާމާރީއެއް ހިންގައިގެން އުޅޭ ކަމަށެވެ. ފުލުހުން ވިދާޅުވީ، ބައިސްކަލެއްގައި ދިޔަ ބިދޭސީއެއް ހުއްޓުވައި ވަޅިން ބިރުދައްކާ ފޭރެން މަަސައްކަތްކުރި މީހަކަށް އެވަގުތު އެތާ ތިބި ބަޔަކު ހަމަލާ ދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ.
ފޭރެން މަސައްކަތްކުރި މީހާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އެމީހާއަށް މާ ބޮޑު އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ވަޅިން ބިރުދެއްކުމަށް ފަހު ފޭރެން މަަސައްކަތް ކުރީ އުމުރުން 27 އަަހަރުގެ ދިވެހި ފިރިހެނެކެވެ. ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ ފޭރުމާއި ވައްކަމުގެ މައްސަލަތައް އިތުރުވެގެންދާ މަހެކެވެ.