އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ދަރިކަލުން ޕްރިންސް ހެރީ އާއި އެމެރިކާގެ މަޝްހޫރު އެކްޓްރެސް މޭގަން މާކަލްއަށް ފިރިހެން ދަރިކަލަކު ލިބިވަޑައިގެންފި އެވެ. މިއީ އެ ދެކަނބަލުންގެ އަލަތު ދަރިފުޅެވެ.

އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މޭގަން އަދި ދަރިކަލުންގެ ހާލު ވެސް ރަނގަޅެވެ. 

ޝާހީ އާއިލާއަށް ފިރިހެން ދަރިއަކު ލިބުނު އިރު އެ ކުއްޖާއަށް ކިޔާނެ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް އެކުއްޖާއަށް ކިޔާނެ ނަމެއް ހާމަކުރާނެ ކަމަށް ޝާހީ އާއިލާއިން ބުނެއެވެ.

މޭގަން ވިހާފައި ވަނީ އޭނާގެ އަމިއްލަ ގެކޮޅުގައެވެ. މިއީ ކުރިން އިނގިރޭސި ޝާހީ އާއިލާގެ މެންބަރުން ކަންތައްކުރަމުން އައިގޮތާ ހިލާފު ކަމެކެވެ.

މިއަދު އުފަންވި ޝާހީ އާއިލާގެ އާ މެންބަރަކީ އިނގިރޭސި ރާނީ ކްއީން އެލިޒަބަތަށްފަހު އިނގިރޭސިންގެ ތަހުތުވާރުތަވާނެ ހަތްވަނަ ފަރާތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *