ކުޅިވަރު
ގުލެއާގެ ގޯލާ އެކު ރެއާލަށް ހަނި މޮޅެއް

ސްޕެނިޝް ލީގުގައި ތުރުކީގެ ޒުވާން ތަރި އާޑާ ގުލެއާގެ ގޯލާއެކު ރެއާލް މެޑްރިޑުން ހަނި ގޮތަކަށް ރެއާލް ސޮސެއިޑާޑް ކައިރިން މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ސެޕްނިޝް ލީގުގެ މެޗެއްގެ ފުރަތަމަ 11 ގައި ގުލެއާ ހިމެނުނު ފުރަތަމަ ފަހަރެވެ. މެޗުގެ ހަމައެކަނި ލަނޑު އޭނާ ޖަހާފައިވަނީ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގަ އެވެ.

މިދިޔަ ހަފުތާގައި ބާސެލޯނާ ކައިރިން މޮޅުވެފައިވާއިރު، ރެއާލުން ސޮސެއިޑާޑް އާ ދެކޮޅަށް ނިކުތީ ގިނަ ބަދަލުތަކަކާއެކު އެވެ. މެޗު ފެށިގެން މޮޅަށް ކުޅެފައިވަނީ ސޮސެއިޑާޑުންނެވެ. ނަމަވެސް، ރެއާލްގެ ޑިފެންސް ލައިން ފޫއަޅުވާލުމުގައި އެޓީމު ވަނީ ނާކާމިޔާބު ވެފަ އެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ސޮސެއިޑާޑުގެ ޓަކެފޫސާ ކޫބޯ ވަނީ ގޯލެއް ޖަހާފަ އެވެ. ނަމަވެސް، ވީއޭއާރު ބެލުމަށްފަހު، ރެފްރީ ނިންމީ އޮފްސައިޑް ކަމަ ށެވެ.

މި މޮޅާއެކު ރެއާލް އެއް ވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެ 84 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ބާސެލޯނާ އޮތީ 70 ޕޮއިންޓާއެކު އެވެ. ރެއާލުން ލީގު ކާމިޔާބުކުރުމަށް ބޭނުންވަނީ އެންމެ ހަތަރު ޕޮއިންޓެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top