ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެކެވެ. މިއީ ކެތްތެރިކަމުގެ މައްސަރެކެވެ. ރޯދައަށް ހުރެ ކެއުން ބުއިމާއި ރޯދަ ގެއްލޭފަދަ އެންމެހާ ކަންކަމުން ދުރުހެލިވާން ޖެހެެއެވެ. މީގެ އިތުރުން ރޯދަ މަކުރޫހަވާފަދަ އެންމެހާ ކަންކަމުންވެސް ދުރުހެލިވާން ޖެހެއެވެ.
ރޯދަ މަހުކޫރަވާނެ ބައެއް ކަންކަން
- މީހުންނަށް ހުތުރު އެއްޗެހި ގޮވައި މަލާމާތްކޮށް އުޅުން.
- މީރުވަސްދުވާ ތަކެތީގައި ވަސްގަތުމާއި އެފަދަތަކެތީން ދުންބުރުވުން.
- އިރު އޮއްސިއްޖެކަން ޔަޤީންވުމާއެކު، ރޯދަ ވީއްލުން ފަސްކުޅައުން.
- އެއްޗެހި އަނގަޔަށްލައި ހަފައި އުޅުން.
- ކާއެއްޗެހީގެ ރަހަބެލުން
- ކަވާޖެހުމާއި ނާރުޖެހުން.
- ތިމާގެ ޝަހުވާނީ އެދުންތައް ހިލިދާނެކަމަށް ހީނުވުމާއެކު ތަޤުބީލުކޮށްއުޅުން
- ރޯދައިގެ ޙިކުމަތާއި އެކަށީގެންނުވާ ފަދަ ދުނިޔަވީ ކޮންމެ މީރުކަމެއް ލިބިގަތުން.
މިދެންނެވުނު ބައެއް ކަންކަމަކީ ރޯދަ މަކުރޫހަވާނެ ކަންކަމެކެވެ. ރޯދަމަހުގައި އެންމެ އައުލާކަން ބޮޑީ ހެޔޮއަމަލުތައް ގިނަކޮށް އާހިރަތަށް މަސައްކަތް ކުރުމެވެ.
މަސްދަރު: ތަޢުލީމު ދިޔާނާ 3