އިރާގުގެ ޤާނޫނު ހަދާ މަޖިލިހުން ބައެއް އޮޮންލައިން ގޭމްތައް މަނާކުރަން ކަނޑައަޅައިފިއެވެ. އޭގެ ތެރޭގައި ޕްލޭޔަރ އަންނޮވްން'ސް ބެޓްލްގްރައުންޑް ނުވަތަ (ޕަބްޖީ) ވެސް ހިމެނެއެވެ.
އޮންލައިން ގޭމްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ދެވިހިފައިފައިވާއިރު، އިރާގުގެ މީހުންގެ ތެރޭގައިވެސް މިފަދަ ގޭމްތައް ވަނީ މަޤްބޫލުކަން ހޯދައިފައެވެ. ނަމަވެސް މިހާރު ދުނިޔޭގެ އެންމެ ގިނަ މީހުން ކުޅޭ އެއް އޮންލައިން ގޭމް ކަމަށްވާ، ޕަބްޖީ އިރާގުގައި ކުޅުން ވަނީ މަނާކޮށްފައެވެ.
އިރާގުގެ ސަރުކާރުން ބުނީ މިފަދަ ގޭމްތަކަކީ މުޖުތަމަޢަށް ގެއްލުންހުރި، މުޅި ގައުމުގެ ރައްކާތެރިކަމަށް ހުރި ބިރެއްކަމަށެވެ.
މީގެ ކުރިން އިންޑިއާގެ ބައެއް ހިސާބުތަކުގައިވެސް ވަނީ ޕަބްޖީ ކުޅުން މަނާކޮށްފައެވެެ.