ރަޝިއަން އައެރޯފްލޮޓް ޕެސެންޖަރ ޕްލޭނެއްގައި އަލިފާން ރޯވެ 41 މީހަކު މަރުވެއްޖެއެވެ.

މި އުޅަނދުގައި އަލިފާން ރޯވެފައިވަނީ ކުއްލި ހާލަތެއްގައި އެމަޖެންސީ ލޭންޑިންގ އެއްގައި މޮސްކޯ އެއަރޕޯޓުގައި ޖައްސަން އުޅުމުގެ ތެރެއިންނެވެ. މި ހާދިސާ ހިނގައިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަލިފާނުގެ ހާދިސާގައި 41 މީހުން މަރުވެފައިވާއިރު 11 މީހުން ވަނީ ޒަހަމްވެފައެވެ.

މަރުވި މީހުންގެ ތެރޭގައި މަދުވެގެން 2 ކުޑަކުދިން ހިމެނޭކަމަށް ރަޝިއާގެ އިންވެސްޓިގޭޓަރުން ބުންޏެވެ. މޮސްކޯގެ ހެލްތު މިނިސްޓަރ ބުނިގޮތުން ޒަހަމްވި މީހުންގެ ތެރެއިން 3 މީހަކަށް ސިއްހީ ފަރުވާތައް ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އެތަނުން މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށެވެ. 

ޓީވީ ފުޓޭޖްތަކުން ދެއްކިގޮތުން "ސުކޮއީ ސުޕަަރޖެޓް-100" ނަމަކަށް ކިޔޭ މަތިންދާބޯޓު މޮސްކޯގެ "Sheremetyevo" އެއަރޕޯޓަށް ވެއްޓުން އިރު އުޅަނދުގެ ބޭރުގެ ގިނަ ހިސާބުތައް ދިޔައީ ރޯވެ އަނދަމުންނެވެ. 

އެއަރޕޯޓުގެ އޮފިޝަލުން ބުނިގޮތުން ކޮންމެވެސް ޓެކްނިކަލް ސަބަބަކާއިހުރެ ބޯޓު އަނބުރާލަން ޖެހުމުން މާ ބާރަށް ބޯޓު ޖެއްސުމުގެ ސަބަބުން އަލިފާން ރޯވީ ކަމަށެވެ.

މަތިންދާ ބޯޓުގައި ޖުމްލަ 73 ފަސިންޖަރުންނާއި 5 ފަޅުވެރިން ތިބި ކަމަށް މައުލޫމާތު ލިބެއެވެ. ބޯޓު ފުރަތަމަަ ދަތުރުކުރަން ހަމަޖެހިފައި އޮތީ، މޮސްކޯއިން ރަޝިއާގެ އުތުރުގައި އޮންނަ ސިޓީއެއްކަމަށްވާ، މުރމަންސްކް އަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *