މައުމޫން ފައުންޑޭޝަނުން ކޮންމެ ރޯދަ މަހަކު ބާއްވަމުން އަންނަ ދީނީ ނަސޭހަތް ދިނުމުގެ އިހްޔާ ޕްރޮގްރާމް މި އަހަރު ވެސް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
މައުމޫން ފައުންޑޭޝަންގެ އިހްޔާ ޖަލްސާތަކުގައި ފައުންޑޭޝަންގެ ބާނީ، ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން ވާހަކަފުޅު ދައްކަވާނެ އެވެ.
އެ ފައުންޑޭޝަނުން ބުނި ގޮތުގައި މައުމޫން ފައުންޑޭޝަންގެ އިހްޔާ ޖަލްސާތައް މިފަހަރު ބާއްވަން ހަމަޖައްސާފައި ވަނީ މޭ މަހުގެ 14 ވަނަ ދުވަހުގެ ރޭގަ އާއި 21 ވަނަ ދުވަހުގެ ރޭގަ އާއި 28 ވަނަ ދުވަހުގެ ރޭގަ އެވެ.
ދީނާއި ސައިންސް ހިމަނައިގެން ރައީސް މައުމޫން ދެއްވާ ދީނީ ޕްރެޒެންޓޭޝަނަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ސަމާލުކަން ދެއެވެ.