ލައިގެން ހުރި ޖިންސުގެ ދަށުން ބަނގުރާ ފުޅިއެއް، އަދި ޖިންސް ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިގެން ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި، ގުޅިގެން ފުލުހުން ރޭ، ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެމީހާ ހައްޔަރުކުރީ، ގަޑިން 22:30 ހާއިރު ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެ މީހާ ހައްޔަރު ކުރީ ހުޅުމާލޭ ރަބަރުގަސް މަގުގެ ފަސް ނަންބަރު ގޯޅީގެ ތެރެއިންނެވެ. އޭނާ ހުއްޓުވައި ބަލައި ފާސް ކުރިއިރު ޖީންސްގެ ދަށަށް ޖަހާފައިވާ ބަނގުރާ ފުޅީގެ އިތުރުން ޖީބުގައި މަސްތުވާތެކެތި ކަމަށް ޝައްކު ކުރާ ދެ ޕެކެޓްވެސް އޮތް ކަމަށެވެ.

އިތުރު ތަހުގީގަށް ކޯޓް އަމުރެއްގެ ދަށުން ފުލުހުން، އެމީހާ ދިރިއުޅޭ ގޭ ބަލައި ފާސްކުރި ކުރުމުގެ ތެރޭގައި، އެގޭގެ ބަދިގޭގެ ކަބަޑެއްގެ ތެރެއިންވެސް ފަސް ފުޅި ބަނގުރާ ފެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ބަނގުރާ އަދި މަސްތުވާތަކެތީގެ އެމައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރެހެނެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.