ފަލަސްތީނާއި އިޒްރޭލުން އެއް ގައުމުން އަނެއް ގައުމަށް ދެމުން ދިޔަ ހަމަލާތައް އެއްބަސްވުމެއްގެ ދަށުން ހުއްޓުމަކަށް އައިސްފައިވާކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެފިއެވެ.

ޣައްޒާގެ އޮފިޝަލުން ބޭރުގެ ނޫހެއްކަމަށްވާ، "އަލް ޖަޒީރާ"އަށް މައުލޫމާތު ދެމުން ބުނީ މި އެއްބަސްވުން ވެފައިވަނީ ޖީ.އެމް.ޓީ ގަޑިން 1:30 ގައެވެ. އެއީ ފަލަސްތީނުގެ ގަޑިން ފަތިހު 04:30 ގައެވެ. އެތަނުން މައުލޫމާތު ދިން ގޮތުުން އެއްބަސްވުމަށް ދިޔަ ފަހުން އިޒްރޭލުގެ ފަރާތުން ވައިގެ އެއްވެސް ހަމަލާއެއް ފަލަސްތީނަށް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.

އޮފިޝަލުން ބުނިގޮތުން ހަމަލާތައް ހުއްޓުމަކަށް ގެނެސް ފަލަސްތީނާއި އިޒްރޭލާއި ދެމެދު އޮތް ހަނގުރާމަ ނައްތާލުމަށް އެހީވެދިން ގައުމުތަކުގެ ތެރޭގައި އިޖިޕްޓް (މިސްރު) އަދި ޤަތަރު ހިމެނެއެވެ.

އިޒްރޭލުގެ ފަރާތުން މި އެއްބަސްވުމާ ދޭތެރޭ ވަކި ބަހެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އިޒްރޭލުގެ ހަނގުރާމަވެރިންގެ ފަރާތުންް ވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޣައްޒާގެ ސަރަހައްދުތަކުގައި ހުރި އެމީހުންގެ ހުރިހާ ސަލާމަތީ ބާރުތައް ނަގައިފައެވެ.

މި ދިޔަ ބަންދު ދެ ދުވަހުން ފެށިގެން ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދިޔަ ހަމަލާތަކާއި ގުޅިގެން ފަލަސްތީނުން 23 މީހަކު ޝަހީދުކޮށްލައިފައިވާއިރު، އިޒްރޭލުންވަނީ 4 މީހުން މަރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *