ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ލަވަތަކުގެ ތެރެއިން "ފަކީރާ" ލަވަ ވެސް ރިލީޒްކޮށްފިއެވެ.
ޒުވާން ޖޯޑެއްގެ ލޯބީގެ ގުޅުން ދައްކުވައި ދޭ ލަވަ ކިޔާފައި ވަނީ ރާއްޖޭގައި ވެސް ވަރަށް މަގުބޫލު ލަވަކިޔުންތެރިއެއް ކަމަށްވާ ސަނަމް ޕޫރީ އާއި ނީތީ މޯހަން އެވެ. "ފަކީރާ"ގެ މިއުޒިކް ވިޝާލް-ޝޭކަރު ހަދާފައިވާ އިރު، ޅެން ލިޔެފައި ވަނީ އަންވިތާ ދަތު އެވެ.
ކޮލެޖް ޒުވާނުންތަކެއްގެ ތިނެސްކަން ލޯބީގެ ވާހަކައެއް ކިޔައިދޭ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ޕުނިތު މަލްއުތުރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ޓައިގާ އާއި އަނަންޔާ އެކު ފިލްމުން ތާރާ ސުތާރިއާ ވެސް ފެނގެން ދާނެ އެވެ.