ހުޅުމާލޭގައި ދުއްވާފައި ދިޔަ ބަހެއްގައި ޖެހި ޓޫރިސްޓް އަންހެނެއް މަރުވެއްޖެ އެވެ. މި އެކްސިޑެންޓްގައި މަރުވެފައި ވަނީ 31 އަހަރުގެ ޔޫކްރޭނަށް ނިސްބަތްވާ އަންހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިދު ހެނދުނު 6:37 ހާއިރު، ހުޅުމާލޭގެ ފިތުރޯނު މަގުން އެފްއެސްއެމް ފިއުލް ސަޕްލައި ސްޓޭޝަން ކައިރިން ކަމަށެވެ. އަދި ދުއްވާފައި ދިޔަ ބަހަކީ އެމްޓީސީސީގެ ބަހެކެވެ.  

މީގެ އިތުރުން ފުލުހުން ވިދާޅުވީ، ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބަސް ދުއްވަނިކޮށް އޭގެ ޑްރައިވަރަށް ނިދި، ދުއްވުމުގެ އަމާޒުން ކައްސާލައިގެން ގޮސް ކަމަށެވެ. އަދި  މަރުވި ޔޫކްރެއިންގެ އަންހެން މީހާ އަކީ ހުޅުމާލޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެއް ކަމަށެވެ. އަދި އެކްސިޑެންޓް ހިނގި އިރު ބަހުގައި ފަސެންޖަރުން ތިބި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށެވެ. 

އެ ބަހުގެ ޑްރައިވަރަކީ ލައިސެންސް އޮތް ދިވެއްސެކެެވެ. އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *