ފަސްސަވީސް ހާސް ރުފިޔާ ކާލި ކަމަށް ބުނެ އަޑި ޕާކް ކައިރިން ފިރެހެނަކު އޭނާގެ ކުރީގެ ލޯބިވެރިޔާއަށް ހަމަލާދީފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ރޭ 23:44 ހާއިރު މާލޭ އަޑިޕާކް ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިގެން އެސަރަހައްދަށް ދިޔައިރު، ތުހުމަތު ކުރެވޭ ފަރާތާއި އަދި އަނިޔާ ލިބުނު ފަރާތް ކުށުގެ ވެށި ދޫކޮށްފައި ގޮސްފައިވާ ކަމަށެވެ.
ފުލުހުން އެ މާރާމާރީގައި އަނިޔާ ލިބުނު އަންހެން ކުއްޖާ ހޮސްޕިޓަލަށް ދިޔަ ކަމަށް މައުލޫމާތު ލިބިގެން، ހޮސްޕިޓަލަށް ދިޔައިރު، އަނިޔާ ލިބުން ފަރާތް ހޮސްޕިޓަލަށް ނުދާކަމަށް މައުލޫމާތު ލިބުން ކަމަށްވެސް ވިދާޅުވިއެވެ.
އެހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ފުލުހުން މީޑިއާތަކަށް ހިއްސާއެއް ނުކުރެއެވެ.