އިމްޕޯޓް ސިނގިރޭޓާއި އެކު ސްރީލަންކާއިން ހައްޔަރުކުރި ތިން ދިވެހިން މިއަދު ދޫކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ލަންކާއިން އިމްޕޯޓް ސިނގިރޭޓާއި އެކު 3 ދިވެހިން ހައްޔަރުކޮށްފައިވަނީ އިއްޔެ އެގައުމުގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައެވެ.

ސްރީލަންކާގައި މްޕޯޓް ސިނގިރޭޓް ގެންގުޅުމާއި ބޭނުންކުރުމާއި އެތަކެތި ބެހެއްޓުމަކީ ކުށެކެވެ. ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެޤައުމުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް މީހުން އަމަލުކުރޭތޯ އިހަށްވުރެއް ބޮޑަށް ލަންކާ ފުލުހުން އަންނަނި ބަލަމުންނެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ވަނީ ސްރީލަންކާގަވެސް އަދި އެހެން ގައުމުތަކުގައި ވެސް ދިރިއުޅޭ ދިވެހިންނަށް ހިން އެޤައުމުތަކުގައި ހެދިފައިހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމަށް އިލްތިމާސްކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *