ސްރީލަންކާގައި އަނެއްކާވެސް މީސްމީޑިއާ ބްލޮކް ކޮށްލައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިއަދު ސްރީލަންކާގެ ނެގަންބޯގައި ހިނގި ހަމަނުޖެހުންތަކަކާއި ގުޅިގެން މީސްމީޑިއާގެ މަންސަތައް ކަމަށްވާ ވަޓްސްއެޕް، ފޭސްބުކް އަދި ޔޫޓިއުބް ވަނީ ބްލޮކް ކޮށްފައެވެ. އެކަން ވަނީ ލަންކާގައި ހުންނަ ބީބީސީ ސިންހަޅަ ރިޕޯޓަރ އައްޒާމް އަމީމް ވަނީ އޭނާގެ ޓުވީޓަކުން ކަށަވަރުކޮށްދީފައެވެ.
ލަންކާގެ ނެގަންބޯގައި މިއަދު ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން މިރޭ އެސަރަހައްދަށް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފައެވެ.