ރަމަޟާން މަހަށް މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަަށް ހެރިޓޭޖް މިނިސްޓްރީން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ބައްލަވައިލައްވައިފިއެވެ.

ރައީސް ޞާލިހް ވަނީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު ހުކުރު މިސްކިތު ގޯތިތެރެ އަށް ދޮންވެލި ލުމާއި ވަޅުދިޔަ ހިއްކުމުގައި ބައިވެރިވެވަޑައިގެންފަ އެވެ. 

މާލޭ ސިޓީ ކައުންސިލުން ބުނީ، ރޯދައިގެ ކުރިން ބޮޑެތި މިސްކިތްތަކުގެ އާބާތުރަ ފިލުވައި ނިންމާލެވޭނެ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގައި ހުރި ހުރިހާ މިސްކިތްތައް ސާވޭ ކޮށްފައެވެ. އަދި މިސްކިތްތަކުގައި ހުރި މައްސަލަތައް ވަކި ވަކިން ނޯޓުކޮށްފައިވާ ކަމަށާއި ޖުމްލަ 29 މިސްކިތެއް މަރާމަތު ކުރަންޖެހޭ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ މިސްކިތް ކަމަށްވާ ހުކުރު މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ތަނެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *