މިއަދު ދިވެހި ފުލުހުން އަދި އެމްއެންޑީއެފުން ގުޅިގެން ބޭއްވި އެމަޖެންސީ ރެސްޕޮންސް އެކްސަސައިޒް ޕްރޮގްރާމު ނިންމާލައިފިއެވެ.
މީޑީއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، މިއަދު ފުލުހުންނާއި ސިފައިން ބޭއްވި އެމަރޖެންސީ ރެސްޕޮންސް އެކްސަސައިޒް ޕްރޮގްރާމު ކަމިޔާބު ކަމާއިއެކު ނިންމާލާފައިވާ ކަމަށެވެ.
މި ތަމުރީނުތައް މާލޭގައި ކުރިއަށް ގެންދިޔައީ އިންޑަސްޓްރިއަލް ވިލެޖާއި ކާނިވާރ ސަރަޙައްދުގައެވެ. ހުޅުމާލޭގައި ކުރިއަށްގެންދިޔައީ ހުޅުމާލޭގައި ހުންނަ ސިފައިންގެ ހެޑްކުއަރޓަރސް ކައިރީގައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މިއަދު މާލޭ އަދި ހުޅުމާލޭގައި ބޭއްވި އެމަރޖެންސީ ރެސްޕޮންސް އެކްސަސައިޒް ޕްރޮގްރާމު ކުރިއަށް ދިޔަ ގޮތް ބައްލައިވައިލުމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަޑައިގެންނެވި ކަމަށެވެ.
ޑިފެންސް މިނިސްޓަރގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީޕް އޮފް ޑިފެންސްފޯސް އަބްދު ރަހީމް އަބްދުލަތީފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.