ރަމަޟާންމަހާއި ދިމާކޮށް އިއްޔެއިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ގޮވައިލައި ދިވެހިރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީއެއް ކަމަށްވާ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އަޑުއުފުލައިފިއެވެ.

މިހެން ޕީޕީއެމް އިން ބުނެފައިވަނީ މިއަދު ނެރުުން ނޫސްބަޔާނެއްގައެވެ. ޕީޕީއެމް އިން ބުނީ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އަނިޔާވެރިކަމާއެކު ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ގޮވާލަން ޖެހޭ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން ޖެހޭ ކަމަށެވެ.

"ބަރަކާތްތެރި ރަމަޟާން މަސް ފެށެން ގާތްވެފައި ވަނިކޮށް، ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް، އިޒްރޭލުން އަނިޔާވެރި ހަމަލާތަކެއް ދެމުންގެންދާތީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އެކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށް، އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލަމެވެ." ޕީޕީއެމް އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވިއެވެ.

މީގެ އިތުރުން ނޫސްބަޔާނުގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ޣައްޒާއަށް ދިން ހުރިހާ ލާއިންސާނީ އަދި އަނިޔާވެރި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާ ކަމަށް ބުނެފައެވެ. ހަމައެހެންމެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި މިފަދަ ޢަމަލުތައް ކުށްވެރިނުކުރާ ކަމަށް ބުނެ ޕީޕީއެމުން ވަނީ ފާޑުކިޔާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *