ދިވެހިރާއްޖޭގައި ޑިޖިޓަލް ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން ބޮޑެތި އިނާމުތަކާއި ،ހިލޭ ލިބޭނެ ތަފާތު ގިނަ ހިދުމަތްތަކާއެކު ރޯދަމަހަށް ޚާއްސަ ޕްރޮމޯޝަންތައް މިއަދު އިއުލާން ކޮށްފިއެވެ.

ދިރާގުންނ ބުނީ ރަމަޟާންމަހަކީ ހާއްސަ މައްސަރަކަށްވެފައި އެކުންފުނިން އަބަދުވެސް ބަލަނީ ރަަމަޟާންމަހުގައި ކަސްޓަމަރުންނަށް ލުއިފަސޭހަތައް ފޯރުކޮށްދިނުމަށް ކަމަށެވެ. މިގޮތުން ޑިޖިޓަލް ސާވިސް ޕްރޮވައިޑަރެއްގެ ހައިސިއްޔަތުން ކުންފުނިން ކުޅޭ އިސްދައުރާ ގުޅުވައިގެން ކަސްޓަމަރުންނަށް ޑިޖިޓަލް ހިދުމަތްތައް އެންމެ ހެޔޮ އަގަގެއްގައި ފޯރުކޮށްދީ އެތައް ހަދިޔާއެއް މިރޯދަމަހުވެސް ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ވަނީ ރޯދަ މަހަކީ ކަސްޓަމަރުން އާންމުކޮށް އިތުރަށް ޑާޓާ ބޭނުންކުރާ މަހެއް ކަމުން އެ ކުންފުނީގެ މޯބައިލް  ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް 2 ޑޭޓާ ޕެކެއް ތަޢާރަފް ކޮށްފައެެވެ. މި ޕެކޭޖްތަކުގެ ތެރޭގައި ހިމެނެނީ 200 ރުފިޔާ އަށް 2.5 ޖީބީ ޕެކާއި އަދި 300 ރުފިޔާ އަށް 5 ޖީބީ ލިބޭ ޕެކެވެ. މީސް މީޑިއާއަކީ ގިނަ ކަސްޓަމަރުން ބޭނުންކުރާ ޕްލެޓްފޯމްތަކަކަށްވާތީވެ، މި ހާއްސަ ރޯދަ މަހުގެ ޑޭޓާ ބަންޑަލްތަކުގައި މަޤްބޫލް ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުމަށް 1 ޖީބީ ވަނީ ހިމަނާފައިއެވެ. މީގެ ތެރޭގައި ހިމެނޭ މީސް މީޑިއާ އެޕްތަކަކީ ފޭސްބުކް، ވަޓްސްއެޕް، ވައިބަރ، އިންސްޓަގްރާމް އަދި ސްނެޕްޗެޓެވެ. މި ޑޭޓާ ބަންޑަލް އެކްޓިވޭޓް ކުރެއްވުމަށް #8*123* އަށް ގުޅާލައްވާށެވެ. މި ޑޭޓާ ބަންޑަލް ތަކުގެ މުއްދަތަކީ 30 ދުވަހެވެ.

ދިރާގުން ވަނީ ކަސްޓަމަރުން ޑޭޓާ ބައްލަވައިގަތުމަށް ކުރާ ހަރަދުގެ 10 އިންސައްތަ އެމް.އޭ.ފީ.ޑީއަށް ހަދިޔާ ކުރުމަށް ނިންމާފައެވެ. އެމް. އޭ. ޕީ. ޑީ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ހިންޖާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

ދިރާގު ޕޭ ގެ ޚާއްސަ ޕްރޮމޯޝަންތައް

ލޮކަލް މާރުކޭޓް

ދިރާގު ޕޭ މެދުވެރިކޮށް 150 ރުފިޔާ އަށް ވުރެ ގިނައިން ވިޔަފާރިކުރަށްވާ 25 ކަސްޓަމަރަށް ހިލޭ 1 ކިލޯގެ ކަރައެއް ލިބޭނެއެވެ.

އިފްތާރް ޑިސްކައުންޓް

ދިރާގު ޕޭ މެދުވެރިކޮށް ތިރީގައިމިވާ ރެސްޓޯރެންޓްތަކުން ރޯދަ ވީލުމަށް ފައިސާ ދައްކައިގެން ޑިސްކައުންޓް

އެޗްއައިއެޗް – %20 ޑިސްކައުންޓް

އޮކްސިޖަން ބްލޫ - %15 ޑިސްކައުންޓް

އޮކްސިޖަން ކެފޭ - %15 ޑިސްކައުންޓް

އޮލިވް ގާޑަން - %15 ޑިސްކައުންޓް

ދިރާގު ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުން

މިދިޔަ އަހަރޭ އެއްފަދައިން މިއަހަރުވެސް ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ. ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދައްކަން ހައްދަވަން ޖެހޭނެގޮތަކީ، ދިރާގު ވެބްސައިޓަށް ވަދެ ވަޑައިގެން، ދިރާގު ޕޭ ޕޯޓަލްގެ އިސްތިހާރު ބެނާ އަށް ފިއްތަވާލުމަށްފަހު، ޕޯޓަލް ހުޅުވުމުން އެ ބޭފުޅަކު ޒަކާތާތް ދައްކަވާ ވަރުގެ ތަފްސީލު ފުރިހަމަކޮށްލައްވާށެވެ. އައަށްފަހު ދިރާގު ޕޭ ވޮލެޓް ނަންބަރ އަދި ޕާސްވޯޑް ޖެއްސެވުމުން ޒަކާތް ދައްކާ ނިމުނީއެވެ. ޒަކާތް ދެއްކުމަށްފަހު ވަގުތުން ކަސްޓަމަރަށް ޒަކާތް ދެކެވުނު ކަމުގެ ރަސީދެއް އޮންލައިންކޮށް އަދި އެސްއެމްއެސްގެ ޒަރީއާއިން ލިބޭނެއެވެ. އެހެން ކަމުން މިހާރު ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކެވޭނެއެވެ.

ފައިބަރަ ބްރޯޑްބޭންޑް ބޫސްޓަރސް

މި ރޯދަމަހު ހުރިހާ ފައިބަރ ބްރޯޑްބޭންޑް ބޫސްޓަރތަކުން %25 ޑިސްކައުންޓް ލިބޭނެއެވެ.

ރޯދަމޮމެންޓްސް – އިންސްޓަގްރާމް ކޮންޓެސްޓް

މިފަހަރުވެސް ދިރާގުން އިންސްޓަގްރާމަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ވަނީ ތަޢާރަފްކޮށްފައިއެވެ. މި ޕްރޮމޯޝަނުގައި އިންސްޓަގްރާމްގައި #RoadhaMoments މި ހޭޝްޓެގް ޖެއްސެވުމަށްފަހު ރޯދައިގެ އެކި އެކި މަންޒަރުތައް ހިއްސާކޮށްލައްވައިގެން ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގް އޭ80 ލިބޭނެއެވެ. މި ކޮންޓެސްޓްގައި ބައިވެރިވުމަށް އިންސްޓަގްރާމް އެކައުންޓް ވާންޖެހޭނީ ޕަބްލިކް އެކައުންޓަކަށެވެ. މި ޕްރޮމޯޝަން ކުރިއަށް ދަނީ ސެމްސަންގް އާއި ގުޅިގެންނެވެ.

ސައުދީ އަށް ގުޅޭ އެންމެ ހެޔޮ އަގު! 019 އައި.ޑީ.ޑީ ޕްރޮމޯޝަން

ދިރާގުން ކޮންމެ އަހަރަކު ރަމަޟާން މަހު ސައުދީ އަރަބިޔާ އަށް ވަރަށް ޚާއްސަ ހެޔޮ އަގެއްގައި ގުޅޭނެ ޕްރޮމޯޝަނެއް ހިންގައެވެ. އެގޮތުން މިއަހަރުވެސް މި ޕްރޮމޯޝަން ކުރިއަށް ދާނެއެވެ. މި އަހަރުގެ ޕްރޮމޯޝަނުގައިވެސް ބަޖެޓްކޯޑް (019) ޖަހާފަ ނަންބަރު ޖެހުމުން މިނަޓަކަށް އެންމެ 1.89 ރުފިޔާ އަށް ގުޅޭނެއެވެ. މި އޮފާ ކުރިއަށް ދާނީ 6 މޭ 2019 އިންފެށިގެން 9 ޖޫން 2019 ގެ ނިޔަލަށެވެ.

އަޅުކަންތަކަށް ފަސޭހަ މަގެއް

އަގުހުރި އިނާމުތަކެއްގެ އިތުރުން ދިރާގުން ވަނީ މި އަހަރު ވެސް އަޅުކަން އަދާކުރަން ފަސޭހަ ކޮށްދިނުމަށް ވެސް ދިރާގުން ވަނީ ހިދުމަތްތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން، ޕްރިޕެއިޑް މެދުވެރިކޮށް އެސްއެމްއެސް ކުރައްވައިގެން ޒަކާތް ދެއްކޭނެ މަގު ދިރާގުން ހިލޭ ފަހި ކޮށްދޭނެ އެވެ. މި ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ *123*8# އަށެވެ.

މީގެ އިތުރުން، ނަމާދު ވަގުތު ހަނދާން ކޮށްދޭ ހިލޭ ހިދުމަތް މި އަހަރު ވެސް ދިރާގުން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓު ކުރިން އެސްއެމްއެސްއަކުން އެކަން އަންގައިދޭ މި ހިދުމަތް ލިބޭނީ *123*8#އަށް ގުޅާ ސަބްސްކްރައިބް ކުރުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *