ދައުލަތުގެ ކަމާ ބެހޭ އިދާރާތަކާއި ސަރުކާރުން ބާޒާރުގައި ތަކެތީގެ އަގުތައް ކުޑަކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްއިން ގޮވާލައިފިއެވެ.

ރަމަޟާން މަހާއި ދިމާކޮށް ތަކެތީގެ އަގުތައް އުފުލެމުންދާތީ އެކަމާއި ގުޅިގެން އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރަމަޟާން މަހާއި ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގުބޮޑުވަމުންދާތީ ޕީޕީއެމުން ކަންބޮޑުވާ ކަމަށާއި، ތަކެތީގެ އަގުބޮޑުވީ ސަރުކާރުން އެކަމާއި ދުރާލާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމަށެވެ.

ގޭބީސީތަކުގައި މައިގަނޑުގޮތެއްގައި ކެއްކުމާއި، ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ބާޒާރުގައި އުފުލިފައިވާއިރު، ސަރުކާރުން އެކަމަށް ސަމާލުކަން ދިނުމަށް އެ ޕާޓީން ގޮވާލާ ކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި ބާޒާރުގައި ކެއްކުމާއި، ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް އަތް ނުފޯރާ ފަށަށް އުފުލިފައިވަނީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ދޯހަޅިކަމުގެ ސަބަބުން ކަމަށް ޕީޕީއެމުން ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

ޕީޕީއެމުން އިތުރަށް ބުނީ، ދިވެހި ރައްޔިތުންނާއި ސީދާ ގުޅިފައިވާ އެފަދަ ބޮޑު ކަމެއްގައި ސަރުކާރުން ޒިންމާދާރު ކަމާއި އެކު އަމަލުކޮށް ބާޒާރުގައި ތަކެތީގެ އަގުތައް ތިިރިކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *