ފުލުހުންގެ ކޮމިޝަނަރ މުޙައްމަދު ހަމީދު ރަސްމީ ދަތުރުފުޅެއްގައި ޔޫކޭއަށް މިއަދުގެ ވަގުތެއްގައި ފުރައިވަޑައިގެންފިއެވެ.
ފުލުހުންގެ މައުލޫމާތުދިން ގޮތުން، ކޮމިޝަނަރގެ ދަތުރުފުޅުގައި ޔޫކޭގައި ކަންކަން ހިނގާ ގޮތް ގާތުން ބެލުމާއި، ދަސްކުރުމުގެ އިތުރުން ނާޒުކު ކަންކަމަށް ދޭ ރައްދު ނުވަތަ އެކަމާއި ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތަޖުރިބާތައް ހިއްސާކުރުން ފަދަކަންކަން ކުރިއަށް ގެންދާނެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ނުވަތަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އަދި ޑިޒާސްޓަރ މެނޭޖްމެންޓް ގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް)ވެސް މި ޕްރޮގްރާމްގައި ބައިވެރިވާނެއެވެ.
މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ގުޅިގެންނާއި އެއްބާރުލުންދީގެން ރާއްޖޭގައި ގާބިލް ދިފާއީ ނިޒާމުތައް އުފެއްދުމެވެ.