ޚަބަރު
އިންޑިއާގެ އުފެއްދުންތަކަކުން ކެންސަރު ޖައްސާ ކެމިކަލްއެއް ފެނިއްޖެ

އިންޑިއާގައި އުފައްދާ 527 އައިޓަމަކުން ކެންސަރު ޖައްސާ ކެމިކަލެއް ފެނިފައިވާ ކަމަށް ޔޫރަޕިއަން ފުޑް ސޭފްޓީ އޮތޯރިޓީން ބުނެފި އެވެ.

މި އައިޓަމްތަކުން ކެންސަރު ޖައްސާ ކެމިކަލެއް ފެނިފައިވަނީ 2020 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށެވެ.

ޑެކަން ހެރަލްޑްގެ ރިޕޯޓެއްގައިވާ ގޮތުން ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި ކެންސަރަށް މަގުފަހިކޮށްދޭ ކެމިކަލް ފެނިފައި ވެ އެވެ. މި ކެމިކަލް ހިމެނެނީ ނަޓްސް، ސެސިމީ ސީޑް އާއި ހާބްސް އަދި ހަވާދުގެ، ޑައިޓެޓިކް ކާބޯތަކެތި އަދި އެހެނިހެން ކާބޯތަކެތީގެ ބާވަތްތަކެއްގަ އެވެ.

އެހެންކަމުން 87 ޝިޕްމެންޓެއް ޔޫރަޕްގެ ބޯޑަރުން އަނބުރާ ފޮނުވާލާފައިވެސް ވެ އެވެ. އެހެންނަމަވެސް އޭގެ ތެރެއިން ގިނަ ތަކެތި ވަނީ ބާޒާރު ތެރެއިން ބޭރު ކޮށްފައި ކަމަށްވެސް ބުނެފައި ވެ އެވެ. ނަމަވެސް ޔޫރަޕްގެ އޮފިޝަލުން އެ ކެމިކަލް ބޭނުން ކުރުން މަނާ ކުރުމަށް އަމަލީ ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ސިންގަޕޫރާއި ހޮންގްކޮންގް އިން އިންޑިޔާގެ އުފެއްދުންތައް މަނާކޮށްފައި ވަނީ ކެންސަރަށް މަގުފަހި ކޮށްދޭ ކެމިކަލެއް ކަމަށްވާ އެތިލީން އޮކްސައިޑް ހުރުމުގެ ސަބަބުންނެވެ.

7
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top