ޖިންސީ ގުޅުމުގެ ޒަރީއާއިން ފެތުރޭ ބަލިތަކަކީ އާންމުގޮތެއްގައި ނުރައްކާތެރި ބަލިތަކެކެވެ. އެގޮތުން  ޖިންސީ ގުޅުމުގެ ޒަޒީއާއިން ޖެހޭ އެންމެ ނުރައްކާތެރި ބަލިތަކުގެ ތެރޭގައި ހިއުމަން އިމިއުނޯ ޑެފިސިއެންސީ ވައިރަސް (އެޗްއައިވީ) ހިމެނެއެވެ.

އެޗްއައިވީ ނޫނަސް ޖިންސީ ގުޅުމުގެ ޖަޒީރާއިން އެތަކެއް ނުރައްކާތެރި ބައްޔެއް ޖެހެއެވެ. އޭގެ ތެރޭގައި  ކްލަމީޑިއާ އަކީ ފާހަގަކޮށްލެވޭ ބައްޔެކެވެ.

ކްލަމީޑިއާ އަކީ ކޮބާ؟

މިއީ ''ކްލަމީޑިއާ ޓްރެކޮމެޓިސް''(Chlamydiae trachomatis) އޭ ކިޔާ އޯގަނިޒަމް އެއްގެ ސަބަބުން ޖިންސީ ގުނަވަނަށް ޖެހޭ ބައްޔެކެވެ.

ކްލަމީޑިއާ ޖެހެނީ ކިހިނެއް؟

ކްލަމީޑިއާ ޖެހެނީ އެއްވެސް ސިފައެއްގައި (ފުރަގަސްފަރާތް / ކުރިމަތި ފަރާތް / އަނގަ ބޭނުންކޮށްގެން) ބަލިޖެހިފައިވާ މީހަކާއި ޖިންސީ ގުޅުން ހިންގުމުންނެވެ. އަދި ވިހެއުމުގެ ތެރޭގައި ބަލިޖެހިފައިވާ މައިމީހާގެ ފަރާތުން ކުޑަދަރިފުޅަށް ވެސް މިބަލި ޖެހިދާނެއެވެ. މިބަލީގެ އޯގަނިޒަމް ހަށިގަނޑަށް ވަންނަނީ ހަންގަނޑާއި އަދި ތެތް ދުލިފަށްތައް ހުރަސްކޮށެވެ.

ކްލަމީޑިއާ ޖެހުމުން ފެނިދާނެ އަލާމާތްތައް

ފިރިހެނުން

ފިރިހެނުންނަށް މިބަލި ޖެހުމުން ކުޑަކަމުދާހޮޅީގެ ކުރީބައި ހަލާކުވެ، އެހޮޅި ފިތޭގޮތް މެދުވެރިވެއެވެ. އަދި ކުރިމަތި ފަރާތުން ދޮސް އެކުލެވޭ ފެން ނުވަތަ ކިރުކުލައިގެ ދިޔަ އަންނަގޮތް ވެއެވެ. މީގެ އިތުރުން ކުޑަކަމުދާއިރު ރިއްސުން، އަދި ކުޑަކަމުދާ ދޮރުގެ ވަށައިގެންވާ ހިސާބުގައި ހިރުވައި ދިލަނެގުން ވެސް ކުރިމަތި ކުރުވައެވެ.

އަންހެނުން

އަންހެނުންނަށް މިބަލިޖެހުމުން ރަހިމުގެ ކަރުގައި ނުވަތަ ދޮރު ހަލާކުވުން، ބިސްދަތުރުކުރާ ހޮޅި ހަލާކުވުން، އަދި ކުޑަކަމުދާ ހޮޅި ހަލާކުވުން، ކުޑަކަމުދާއިރު ދިލަނެގުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ. އަދި ބިސް ދަތުރުކުރާ ހޮޅިއަށް އިންފެކްޝަން ވާސިލްވުމުން ބައެއް މީހުންނަށް އެއްވެސް އަލާމާތެއް ނުފެނިވެސް ހިނގައިދާނެ އެވެ. އަނެއް ބައި މީހުންނަށް ދަށްބަނޑުގައި ރިހުން، އުނަގަނޑާއި ހިސާބުން ބުރަކަށީގައި ރިހުން، ހުންއައުން، މޭނުބައިކުރުން، އަދި ޖިންސީގުޅުން ހިންގާއިރު ތަދުވުން، ފަދަ ކަންތައް ކުރިމަތި ވެއެވެ. 

ކްލަމީޑިއާ ޖެހުމުން ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ އަންހެނުންނަށް ''ޕެލްވިކް އިންފްލެމޭޓަރީ ބަލި'' ކިޔާ ބައެއްޔެއް މެދުވެރި ކުރުވައެވެ. މިބަލި ޖެހެނީ އިންފެކްޝަން ރަހިމް އަދި ބިސްދަތުރުކުރާ ހޮޅިއަށް ވާސިލްވުމުންނެވެ. ނަތީޖާއެއްގެ މިބުނި ބައިތަކާއި އޭގެ ވަށައިގެންވާ ޓިޝޫތަކަށް ގެއްލުންދީ ހަލާކުކޮށް ލައެވެ. އާހިރު ނަތީޖާއަކަށް ދަރިމައިވުމުން މަހްރޫމްވުން ފަދަ ކަންތައް މެދުވެރިވެއެވެ.

ކްލަމީޑިއާ އިން ރައްކާތެރިވާނީ ކިހެނެއް؟

ކޮންމެ ބައްޔަކަށްވެސް ޝިފާއެއް ވާނެއެވެ. އެހެންކަމުން ކްލަމީޑިއާއަށްވެސް ޝިފާއެއްވެއެވެ. އަދި ކްލަމީޑިއާއިން ރައްކާތެރިވުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުށްޓެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

  • - އިސްލާމީ އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތީން ޖިންސީގުޅުން ހިންގުން
  • - ޖިންސީ ގުޅުން ހިންގާއިރު "ހުރަސް" ފަދަ ތަކެތި ބޭނުންކުރުން
  • - ބަލިޖެހިފައިވާނަމަ ރަނގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން
  • - ކްލަމީޑިއާގެ އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދުން
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *