ބާރަތްއަށް ފަހު، ފިލްމަކުން އަނެއްކާވެސް ސަލްމާން ޚާންއާއި ކެޓްރީނާ ކައިފް، އެކުގައި ފެނިގެންދާނީ، (ފިލްމް މޭކަރ) އަލީ އައްބާސް ޒަފަރ ހަދާ ފިލްމެއް ކަމަށްވާ، 'ޓައިގަރ ޒިންދާ ހޭ' ގެ ކުރިއަށް އޮތް ބައިން ކަމަށް އޭނާ ބުނެފިއެވެ.
އަލީ އައްބާސް ބުނީ، ޓައިގަރ ސިލްސިލާގެ ތިންވަނަ އިންސްޓޯލްމަންޓްވެސް ލިބިއްޖެކަމަށާއި، މިހާރު ދަނީ ޑިވެލޮޕް ކުރަމުންނެވެ. އޭނާ ވަނީ މި ވާހަކަ ފިލްމުގެ ޕްރޮޑިއުސަރ، އާދިއްޔަ ޗޯޕްރާ އާއެކު މަޝްވަރާ ކޮށްފައެވެ.
ޓައިގަރ ސިލްސިލާގ ފުރަތަމަ ފިލްމަކަށް ވެގެން ދިޔައީ "އޭކް ތާ ޓައިގަރ"އެވެ. ދެވެނަ ފިލްމަކީ "ޓައިގަރ ޒިންދާ ހޭ" އެވެ. ދެ ފިލްމުވެސް ޑައިރެކްޓު ކުރީ އަލީއެވެ. ދެ ފިލްމުގެވެސް މައިގަނޑު ތަރިންނަކީ ސަލްމާން ޚާން އާއި ކެޓްރީނާ ކައިފްއެވެ. ތިން ވަނަ ފިލްމުގައިވެސް ކާސްޓު ކުރުމުގެ ފުރުސަތު ދިނުން ގާތީ ހަމަ މި ދެ ތަރިންނަށެވެ.
އަލީ ބުނިގޮތުން އަދި އޭނާގެ މައިގަނޑު ސަމާލުކަމެއް ދެމުންގެންދަނީ މިހާރު ނިކުންނަން އުޅޭ އޭނާގެ ފިލްމެއް ކަމަށްވާ، ބާރަތް އަށެވެ. ނަމަވެސް މި ފިލްމަށްފަހު ދެން އޭނާގެ އަމާޒު އޮތީ އަނެއްކާވެސް ހަމަ ކެޓްރީނާއާއި ސަލްމާންގެ ފިލްމެއް ހެދުމުގައި ކަމަށް އޭނާ ބުންޏެވެ.
ކެޓްްރީނާ އާއި ސަލްމާން އަކީ އަބަދުވެސް އެއްކޮށް ބޮޑު ސްކީރުން ފެންނަ މަޝްހޫރު ދެ ތަރިންނެވެ. މި ގޮތުން ދެ ތަރިންނަކީވެސް އެކްޓް ކުރަން މޮޅު ދެ ފަންނާނުންނެވެ. އަދި ހަމައެއާއެކު މިދެތަރިންގެ ފިލްމުތައް ވެގެންދަނީ ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާ ފިލްމަކަށެވެ.