ގައުމަށް މުހިންމީ ގައުމުގައި ތައުލީމީ ޖީލެއް އުފެދިފައިވުންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ސައިރިކްސް ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ތައުލީމީ ދަރިންތަކެއް އުފެއްދުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން، ރާއްޖޭގައި ތިބެގެން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަން ފާހަގަކުރެއްވި އެވެ.

"އަބަދުވެސް ހަނދާން ބަހައްޓަންޖެހޭ ކަމަކީ ތިޔަ ދަރިވަރުންނަށް ލިބުނު ފިލާވަޅުތަކާ އެއްވަރަށް ބުއްދީގެ ވިސްނުން ތަރައްގީކުރުން. އެ ވިސްނުން ތަރައްގީވެގެން އަންނަނީ ބުއްދިއާ ވިސްނުން ތަރައްގީކުރި މިންވަރުން. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންނަކީ ކަންކަން ބަލާ ބަޔަކަށް ވާން،" ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަކީ ކުޑަތަނެއް ނަމަވެސް ވިސްނުންތެރި، ގައުމު ދެކޭ ލޯބިވާ ބަޔަކު އުޅޭ ގައުމެއް ކަމަށެވެ. އެހެންވެ ގައުމުގެ ކުރިއެރުމަށް ކޮންމެ މީހެއްގެ ވެސް ވާޖިބެއް އޮންނާނެކަން ގަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ތައުލީމީ ގާބިލް ޒުވާނުން ގައުމުގައި މިހާރު އެބަތިބި ކަމަށެވެ. ބޭނުންވަނީ އިލްމާ އެއްވަރަށް ހިކުމަތްތެރިކަމާ އެކު މަސައްކަތްކުރާނެ ގާބިލް ބައެއް ކަމަށާއި ރޭ ދަސްވެނިވި ދަރިވަރުން ގައުމުގައި ހިނގާ ކަންކަމާ ދޭތެރޭ ވިސްނައި އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވުމަށް ވަނީ ގޮވާލައްވައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *