ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނާއި އެކި މައްސަަލަތަކުގައި ބަންދުކޮށްފައިވާ ގައިދީންނަށް ބޯފެން ފޯރުކޮށްދޭން ކުަރަން ޖެހޭ ހަރަދު ކުޑަކުރަން، ވަކިން ހާއްސަ ފެން ޕްލާންޓެއް މާފުށީ ޖަލުގައި ބަހައްޓައިފިއެވެ.

އަލަށް އުފެއްދި ކުންފުނިން މާފުށީ ޖަލުގައި ބެހެއްޓި ފެން ޕްލާންޓް މިއަދު ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ކަރެކްޝަނަލް ސާވިސްއިން ހާމަކުރެއްވި ގޮތުގައި "ޕްރިސް ވޯޓާ"ގެ ނަމުގައި ކުންފުންޏެއް އުފެއްދީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން ހިންގާ ކޯޕަރޭޓިވްއެއް ކަމަށްވާ ޕްރިސްކޯ އާއި ފެނުގެ ހިދުމަތް ދޭ އަމިއްލަ ކުންފުންޏަކުން ގުޅިގެން ކަމަށެވެ.

ޖަލުގައި ފެން ޕްލާންޓެއް މި ބެހެއްޓީ، ހޯމް މިނިސްޓްރީން ބުނި ގޮތުގައި، ގައިދީންނަށް ދައުލަތުން އެންމެ ބޮޑު ހަރަދެއް ކުރަން ޖެހެނީ ސާފު ބޯފެން ފޯރުކޮށްދޭން ކަމަށް ވާތީ އެ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނި ގޮތުގައި ގައިދީންގެ ބޯފެނަށް ދައުލަތުން އަހަރަކު ކުރަމުން އައި 31.2 މިލިޔަން ރުފިޔާގެ ހޭދަ، އާ ފެން ޕްލާންޓާ އެކު ގާތްގަނޑަކަށް ތިން މިލިޔަން ރުފިޔާ އަށް ދަށްވެގެންދާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *