ސ.ހިތަދޫ ހޮސްޕިޓަލުގައި އޮތް ހާލުބޮޑު ބަލި ކުއްޖަކު އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެންނަން ހަމަޖައްސައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ހާލުބޮޑު ބަލިކުއްޖަކު ސިއްހީ އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހާލުބޮޑު ބަލިކުއްޖާ މާލެ ގެނައުމަށް ހަމަޖެހިފައިވަނީ، މިއަދު 15:00 ގައެވެ. އަދި ހެލްކޮޕްޓަރު ލޭންޑް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ އުސްފަސްގަނޑު ހެލިޕެޑަށެވެ.
އެމްއެންޑީއެފުން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި، ތިބި އިތުރު ފަރުވާއަށް ބޭނުންވާ ހާލުބޮޑު ބަލިމީހުން ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައެވެ.