ދިވެހިރާއްޖޭގެ މަޝްހޫރު ޖިމެއްކަމަށްވާ، މެޓްރޯފްލެކްސް ޖިމުން ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން ތަފާތު އާ މަޝްރޫއުތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
މި ރޯދަމަހުގައި އަލަށް މެޓްރޯފްލެކްސް ޖިމްގެ މެންބަރަކަށްވާން ބޭނުންވާ މީހުންނަށް ވަނީ 10 އިންސަތައިގެ ޑިސްކައުންޓެއް ދޭން ނިންމައިފައެވެ. ހަމައެއާއެކު އަލަށް ރަޖިސްޓްރީ ވުމަށް އެއްވެސް ފީއެއް ނުނަގައި އެ ޚިދުމަތް ވަނީ ހިލޭ ދިނުމަށް ނިންމައިފައެވެ.
ގިނަ ދިވެހިންގެ މަޤްބޫލުކަމެއް ހޯދައިފައިވާ މެޓްރޯފްލެކްސް ޖިމްގް ހަރަކާތެއް ކަމަށްވާ، މެޓްރޯ ބޫޓު ކޭމްޕްގައި ރޯދަމަހުގައި ބައިވެރިވާ މީހުންނަށް ވަނީ 13 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމައިފައެވެ. މި ގޮތުން ބަލާއިރު ކުރިން ބޫޓްކޭމްޕުގައި ބައިވެރި ވެވެނީ 750 ރުފިޔާއަށް ކަމަށް ވިނަމަވެސް މިހާރު ބޫޓްކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާނީ 650 ރުފިޔާއެވެ.
މެޓްރޯ ފްލެކްސް ޖިމުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި އެ ޖިމުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ދުޅަހެޔޮ ސިއްހަތެއްގައި، ފިޓްކޮށް ހުރުމަށް ބާރުއަޅާ ކަމަށާއި، އެތާގެ ޓްރެއިނަރުންގެ ފަރާތުން އެ ލަނޑުދަނޑި ހާސިލް ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރެވެއެވެ.
ރޯދަމަހުގައި މެޓްރޯފްލެކްސް ޖިމް ހުޅުވިފައި ހުންނާނީ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 19:00 އިން އެރޭގެ ދަންވަރު 1:00 ޖަހަންދެނެވެ.
މެޓްރޯފްލެކްސް ޖިމްއިން ރަމަޟާން މަހާއި ދިމާކޮށް ނެރުން ޚާއްސަ އޮފާތަކުގެ މައިގަނޑު ބޭނުމަކީ ގިނަ އަދަދެއްގެ މީހުންގެ ސިއްހަތު ދުޅަހެޔޮކަންމަތީ ދެމެހެއްޓުން ކަމަށް އެ ޖިމް އިން މައުލޫމާތު ދިނެވެ.