ގޮވާ ތަކެއްޗާއި އެކު މާލެ އަދި ހުޅުމާލޭގައި ސިފައިން ކުރިއަށް ގެންދަން އިއުލާންކުރި ތަމްރީން ޕްރޮގްރާމު މިއަދު މާލޭގައި ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮޮފިޝަލް ވިދާޅުވީ، ތަމްރީން ޕްރޮގްރާމުތައް ފެށީ މިއަދު ހެނދުނު 8:00 ޖަހާއިރު މާލޭ ސިޓީ ކާނިވަލް ސްޓޭޖް އޭރިއާގައި ކަމަށެވެ. އަދި އެ ތަމްރީނު ޕްރްގޮރާމު އަދި އިރުއޮއްސި 18:00 ވަންދެން ކުރިއަށް ދާނެ ކަމަަށެވެ.

އެމްއެންޑީއެފްގެ ފަރާތުން މައުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވީ، މިއަދު ހެނދުނު 10:00 ޖަހާއިރު ތަމްރީން ޕްރޮގްރާމު ހުޅުމާލޭގައި ހުންނަ ސިފައިންގެ ހެޑް ކުއާޓާސްގައި ކުރިއަށް ދާނެ ކަމަށެވެ. އަދި މިއަދު މެންދުުރު 13:15 އާއި 13:50 އާއި ދެމެދުގައި މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ވެސް ތަމްރީނުތައް ކުރިއަށް ދާނެ ކަމަށެވެ.

މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީ ލަންކާ އަށް ދިން ހަމަލާތަކަށްފަހު ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ އެންމެ އިސްވެރިން އިއްޔެ ވަނީ ދިމާވެދާނެ ނުރައްކަލަކަށް ތައްޔާރުވެ ތިބުމަށް މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުމުގައި އެމްއެންޑީއެފާއި ފުލުހުންގެ އެންމެ އިސްވެރިންނާއި، މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *