މާކް ޒަކާބާގްގެ އޮންލައިން މަންސައެއް ކަމަށްވާ، ފޭސްބުކުން ތިބާ ލޯބީގެ ގޮތުން ގުޅުމަށް އެދޭ މީހުން ނުވަތަ ކްރަޝްއިންނަށް ތިބާގެ ހިތުގެ އިހްސާސްތައް ހާމަކޮށްދޭ ފީޗަރ އެއް ތައާރަފްކޮށްފިއެވެ.

ފޭސްބުކް އިން ނެރެން ހަމަޖައްސާފައިވާ، މި ފީޗަރ އަށް ކިޔަނީ "ސީކްރެޓް ކްރަޝް"އެވެ. މީގެއިން މީހުން ގަޔާވާ ނުވަތަ މީހުންނަށް ކަމުދާ މީހުން ހާމަކުރެއެވެ. ދެން ހުރި މީހާވެސް ތިބާއާ މެދު އެފަދައިން އިހްސާސްވާނަމަ އެ ހިސާބުން އެ ގުޅުނީއެވެ. ނުވަތަ 'މެޗް'ވީއެވެ. އަދި ދެމީހުންނަށް އެކަން އަންގާނެއެވެ.

މި ފީޗަރ އަކީ މިދިޔަ އަހަރު ނެރުން ބައެއް ކަމަށްވާ "ފޭސްބުކް ޑޭޓިންގ"ގެ ފީޗަރ އެކެވެ. މިގޮތުން ފޭސްބުކްގައި އެއް މާހައުލެއްގައި އުޅޭ މީހުންގެ ތެރެއިން ތިބާއާއި ގުޅޭ މީހުން ފާހަގަ ކޮށްދިނުމަށްޓަކައި ތިބާއާއި އެއް ހަރަކާތްތަކުގައި ބައިވެރިވާ މީހުންނާއި، ތިބާ އުޅޭ ގްރޫޕްތަކުގައި އުޅޭ މީހުންނާއި، ތިބާގެ ރަހުމަތްތެރިންގެ ގޮތުގައި ތިބޭ މީހުންގެ ހާމަކޮށްދެއެވެ.

މި ފީޗަރ އަދި މިހާތަނަށް ތައާރަފްކޮށްފައިވަނީ ހަމައެކަނި ކޮލަމްބިއާ، ތައިލޭންޑް، ކެނެޑާ، އާޖެންޓީނާ އަކި މެކްސިކޯގައި ކަމަށް ވިއަސް އިތުރު 14 ގައުމަކަށް މި ފީޗަރ ލިބޭ ގޮތް ހަދަން އެބައުޅެއެވެ. އެއީ ފިލިޕިންސް، ވިއެޓްނަމް، ސިންގަޕޫރ، މެލޭޝިއާ، ލާއޮސް، ބްރެޒިލް، ޕޭރޫ، ޗިލީ، ބޮލީވިއާ، އެކުއެޑޯ، ޕެރެގުއޭ، އުރުގޭ، ގުއާނާ އަދި ސޫރިނަމް އެވެ.

މި ފީޗަރ ތައާރަފް ކުރުމަށްފަހު ފޭސްބުކް އިން އެމީހަކުު ބޭނުންވާ ކޮންމެވެސް 9 ރަހުމަތްތެރިންނެއް 'ޝައުގުވެރިވާކަން ދައްކަން ބޭނުންވާ' މީހުންގެ ގޮތުގައި އިޚްތިޔާރުކުރެވޭނެއެވެ. އެފަދައިން އިޚްތިޔާރުކުރި މީހުންގެ ތެރެއިން ފޭސްބުކް ޑޭޓިންގ ފީޗަރ އޮންކޮށްފައިވާ މީހަކު ނަމަ، އެމީހަކަށް 'ކްރަޝް' އެއް އޮތް މީހަކު އެބަހުރި ކަމަށް އަންގާނެއެވެ.

ދެން އެއަށްފަހު އެމީހުވެސް ތިބާގެ ނަން އެމީހަކު 'ސީކްރެޓް ކްރަޝް' އޮތް ލިސްޓަށް އިތުރުކޮށްފިނަމަ މެޗް ވާނެއެވެ. އަދި ދެމީހުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.

ފޭސްބުކުން ބުނިގޮޮތުގައި ފޭސްބުކް ޑޭޓިންގ ގައި ނޫޅޭ މީހަކުނަމަ ނުވަތަ ސީކްރެޓް ކްރަޝް ލިސްޓެއް ނުހަދާ މީހަކު ނަމަ އެމީހަކަށް ތިބާއަށް އެމީހަކަށް ކްރަޝްއެއް އޮތް ކަން ނާންގާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *