ސްރީލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން ނިރުބަވެރިންގެ ބޮމުގެ ހަމަލާތަކާއި ގުޅިގެން ދިވެހި ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ވަނީ އިތުރަށް ހަރުދަނާ ކޮށްފައި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްޕެޝަލް ވިސާ އަދި ބިޒްނަސް ވިސާގައި ރާއްޖެ އައުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކަށް ވިސާ އެޕްރޫވަލް ދިނުމުގައި ސަލާމަތީ ގޮތުންނާއި އަދި އަދި ބަލަން ޖެހޭ އެހެނިހެން ގޮތްގޮތުންވެސް ބަލާނެ ކަމަށެވެ. 

އަދި ވިސާ އެޕްރޫވަލް ދިނުމަށް އާއްމުކޮށް ހޭދަވާ 48 ގަޑިއިރަށް ވުރެ ދިގު މުއްދަތެއް ހޭދަވާނެ ކަމަށާއި، އަދި ވިސާ އެޕްރޫވަލް ނުލިބެނީސް ރާއްޖެއަށް ދަތުރު ނުކުރެއްވުމަށް ނަސޭހަތްތެރިވާ ކަމަށްވެސް އެބަޔާނުގައި އިމިގްރޭޝަނުން ބުނެފައިވެއެވެ. 

އިމިގްރޭޝަނުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެފަރާތުން އެ އެޅުއްވި ފިޔަވަޅުތަކަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކޮށް އަޅަން މަޖުބޫރުވި ފިޔަވަޅުތަކެއް ކަމަށެވެ.

ސްރީލަންކާއަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ސިލްސިލާކޮށް ދިން ބޮމުގެ ހަަމަލާތަކާއި ގުޅިގެން ވަނީ 250އަށް ވުރެ ގިނަ މީހުން މަރުވެފައިއެވެ. އަދި އެތައް ސަތޭކަ މީހުންނެއް ވަނީ ޒަހަމް ވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *