ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓް ހޯދާފައިވާ މަޝްހޫރު ތަރި އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ޑްރާމާ "ސޫރިޔާވަންޝީ" ގެ ޝޫޓިން ރަސްމީކޮށް މެއި މަހުގެ 6 ވަނަ ފަށާ ގޮތަށް ނިންމައިފި އެވެ.
ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ ފިލްމުގެ ޝޫޓިން މުމްބާއީގައި ފެށުމަށް ފަހު، ކާސްޓާއި ކްރޫ ދެން މިސްރާބު ޖަހާނީ މީގެ ބޮޑުބައި ޝޫޓް ކުރާ ގޯއާއަށެވެ. "ސޫރިޔާވަންޝީ" ގެ ބަތަލާއަކީ ކެޓްރީނާ ކައިފެވެ. އެ ފިލްމުން އަކްޝޭ ކުމާރު ފެނިގެންދާނީ، ފުލުހެއްގެ ރޯލުންނެވެ.
ކަރަން ޖޯހަރާއި، ރޯހިތު ގުޅިގެން ޕްރޮޑިއުސް ކުރާ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ފިތުރު އީދު ދުވަހު އެވެ.
އެ ދެ މީހުން ގުޅިގެން ގެނެސް ދިން ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު އެންމެ ހިނގި އެއް ފިލްމު ކަމަށްވާ ރަންވީރު ސިންގްގެ "ސިމްބާ" އެވެ.