ދުޅަހެޔޮ ކަމާއި ހަށިހެޔޮ ކަމާއެކީ ސްކޫލް ތެރޭގައި ކިޔަވައިދިނުމުގެ ނިޒާމު ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު، "ޑެވޮންޑޭލް ކިޑްސް ފުޓްބޯލް ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވިދާޅުވީ، ކުޅިވަރަށް ހޭދަކުރާ ވަގުތަކީ ވަށައިޖެހޭ ތައުލީމީ ނިޒާމެއްގައި ކިޔެވުމުގެ އެއްބައި ކަމަށާއި އަދި، ދަރިވަރުންނަށް ކުޅިވަރުގެ ތެރޭގައި ޝާމިލުވެ އުޅުމަށް ގިނަ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ހުރިހާ ބެލެނިވެރިންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ކިޔެވުމުގައި ރަނގަޅު ނަތީޖާ ހޯދުމުގައި ކުޅިވަރު މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި، ކުޅިވަރުގެ ތެރެއިން ދަސްކޮށްދޭ ރިވެތި އާދަތަކާއި އިޖުތިމާއީ ގޮތުން ލިއްބައިދޭ ދުޅަހެޔޮކަން އެމަނިކުފާނު ހުރިހާ ކުދިންނަށް ހަނދާންކޮށްދެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *