މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ތުތި ބޯވަދިލަމަސް ބާޒާރަށް ނެރެފި އެވެ.

ތުތި ބޯވަދިލަމަސް (ޑައިމެންޑް ބެކް ސްކުއިޑް) ރާއްޖޭގެ ބާޒާރަށް ނެރުމުގެ ގޮތުން މިއަދު މިފްކޯގައި ބޭއްވި ހަފްްލާގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއީލު ފައުޒީ، ވިދާޅުވީ ތުތިބޯވަދިލަމަހަކީ ރާއްޖޭގެ ކަނޑުތަކުން ތާޒާކޮށް ބާނައިގެން ގެނެސް ވިއްކާނެ އެއްޗެހި ކަމަށާއި ތުތިބޯވަދިލަމަހުގެ 800 ކިލޯ މިހާރު މިފްކޯއަށް ގެެނެސްފަައިވާ ކަމަށެވެ.

ފައުޒީ ވިދާޅުވީ، ރާއްޖޭގެ ބާޒާރަށް ތުތު ބޯވަދިލަމަސް ވިއްކާފައި އިތުރުވާ ނަމަ އެ މަސް ރާއްޖެއިން ބޭރަށް އެކްޕޯޓް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

ދިވެހި މަސްވެރިންގެ އަަތުން މިފްކޯ އިން ތުތިބޯވަދިލަމަސް ކިލޯއެއް ގަންނަނީ 180ރުފިޔާ އަށެވެ.މިފްކޯގެ މާލެ ފިހާރަ އާއި ހުޅުމާލެ ފިހާރައިން މި ތަކެތި ވިއްކަނީ ކިލޯއެއް 160 ރުފިޔާ އާއި 250 ދެމެދުގަަ އެވެ. މީގެ އިތުރުން 250 ގްްރާމްގެ ކަޓްޕީސް 75.50 ރުފިޔާ އަށް ވިއްކަ އެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާއްޖެއަށް ތައާރަފްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.  މި ސަރުކާރުން ވަނީ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރަން ބޭނުންވާ ފަތާތްތަކަށް އެކަމަށް ހާއްސަ ތަމްރީނު ޕްރޮގްރާމަކާއި ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *