މިއަހަރުގެ މުލަ ރޯދައަކީ މިމަހުގެ 6 އެއްވާ ހޯމަ ދުވަހެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ރޯދައަށް ތިބެން ޖެހޭ ގަޑިތައް ތަފާތެކެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހު އެންމެ މަދު ވަގުތު ރޯދައަށް ތިބެން ޖެހޭ ޤައުމަކީ އާޖެންޓީނާއެވެ.

ގަލްފު ނިއުސްއިން އާންމުކޮށްފައިވާ ލިސްޓިގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހު އާޖެންޓިނާއިން ރޯދަ ހިފުމަށް ހޭދަކުރަން ޖެހޭނީ 11 ގަޑިއިރެވެ. އަދި އާޖެންޓީނާއާއި ޖެހިގެން ދެން އެންމެ މަދު ވަގުތު ރޯދައަށް ހޭދަކުރަން ޖެހެނީ ޗިލީއިންނެވެ.

އެ ލިސްޓުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހު އެންމެ ގިނަ ވަގުތު ރޯދައަށް ތިބެން ޖެހެނީ އޭޝިއާގެ ގައުމެއްކަމަށްވާ ރަޝިއާގައެވެ. އެގޮތުން ރަޝިއާގައި 20 ގަޑި އިރާ 45 މިނެޓް ރޯދަ ހިފުމަށް ހޭދަކުރަން ޖެހެއެވެ.

މުސްލިމުން އުޅޭ ގައުމުތަކުގައި ރޯދައަށް ތިބެން ޖެހޭ ވަގުތުތައް ކަނޑައަޅާފައިވަނީ އެ ގައުމެއްގެ ފަތިސް ނަމާދަށް ބަންގި ގޮވާ ވަގުތުން ފެށިގެން  އިރުއޮއްސި މަގްރިބް ނަމާދަށް ބަންގި ގޮވުމާއި ހަމައަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *