ކުރިއަށް އޮތް ރޯދަމަހު މާލޭގެ ބާޒާރުމަތީގެ ޓްރެފިކް ހަމައަކަށް އެޅުމަށް ވަކި ގަޑިތަކެއްގައި ބާޒާރުމަތި ބަންދުކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ވިދާޅުވީ، ރޯދަމަހަށް ހާއްސަކޮށްގެން އެމްއެމްއޭ އިން ފެށިގެން މީރުބަހުރު ބަނދަރާ ހަމައަށް ޓްރެފިކް ބެލެހެއްޓުމަށް ހާއްސަ ޓީމެއް އެކުލަވާލައިފައިވާ ކަމަށެވެ. 

"(ރޯދަ މަހު) 12:30 އިން ފެށިގެން ނޯމަލް ޓްރެފިކިންގެ އެއްވެސް އެއްޗަކަށް ފުރުސަތެއް ނުދޭނަން. ހަމައެކަނި އެ ސަރަހައްދަށް ލޯޑިން ނުވަތަ އަންލޯޑިން ވެހިކަލްތަކަށް ވަދެވޭނެ. ނޫނީ ބާޒަރުމަތި ބޭނުން ކުރަން އަންނަ ވެހިކަލްތަކަށް ނޫނީ ފުރުސަތެއް ނުދޭނަން" ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަދި ހެޑް އޮފް ޓްރެފިކް ޕޮލިސް ޔުނިޓް މުހައްމަދު ލުތުފީ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން އިތުރަށް ވިދާޅުވީ، ރޯދަމަހު ހެނދުނު 8:30 އިން ފެށިގެން 18:30 އާ ހަމައަށް އެމްއެމްއޭ އިން ފެށިގެން މީރުބަހުރު ބަނދަރާ ހަމައަށް އާންމު ދަތުރުފަތުރު ކުރަން ވެހިކަލްތައް ބޭނުން ނުކުރެވޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *