ފަސް މީހުންނާއެކު ރ. އިފުރަށް ދަތުރުކުރަމުންދިޔަ ޑިންގީއެއް އަޑިއަށް ދިޔުމުން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިއަދު މެންދުރު 2:30 ހާއިރު ހިނގި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މެންދުރުފަހު 3:00ގައެވެ.
އެގޮތުން ށ. ކޮމަންޑޫގައި މަސައްކަތްކުރާ ފުލުހުންނާއި ކޮމަންޑޫ ރައްޔިތުން ގުޅިގެން ދޯންޏެއްގައި ކަފު ޖަހައިގެން އެ ޑިންގީ ރ. އަލިފުއްޓަށް ގެންދިއުމުގެ މަސައްކަތް މިހާރު ފުލުހުން ދަނީ ކުރަމުންނެވެ.
މީގެ އިރުރުން ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގައި އެ ޑިންގީގައި ތިބީ ފަސް ދިވެހިންނެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.