ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ބެހޭ ގޮތުން އެމްއެންޑީއެފުން ކަމާއި ގުޅޭ ސަރުކާރުގެ މުއްސަސާތަކުގެ އިސްވެރިންނާއި މަޝްވަރާކުރުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެދާނެ ނުރައްކަލަކަށާއި، އަދި ކުރިމަތިވެދާނެ އެމަޖެންސީ އަކަށް ހަރަކާތްތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި ގުޅޭ ގޮތުން ސަރުކާރުގެ ކަމާއި ބެހޭ މުއައްސަސާތަކުގެ އިސްވެރިންނާއި އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ބެހޭ ގޮތުން، މަޝްވަރާ ކުރުމަށް އެބައްދަލުވުން ބޭއްވީ މިއަދު ބަންޑާރަކޮށީގައެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި ވަނީ ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރާއި އަދި ޓޫރިޒަމް މިނިސްޓަރުވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އޭގެއިތުރުންވެސް ކަމާއި ބެހޭ ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިންވަނީ ބައިވެރިވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *